ads
"އަހާ" ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
ވަގު ވިޔަފާރި ކުރާ ބިދޭސީންނަށް ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނަން: ސައީދު
ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާމެދު ފިޔަވަޅު އެޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"އަހާ"ގެ ނަމުގައި މިރޭ ކުރިއަށްގެންދިޔަ ވަޒީރުންގެ ޕަބްލިކް ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ކުދި ވިޔަފާރިތައް ކުރުމަކީ މަނާ ކަމެއް ކަމަށާއި، އެ މައްސަލައާމެދު ސަރުކާރުން ކަންބޮޑުވާ ކަމަށެވެ. 

އެހެންކަމުން އެފަދަ ވިޔަފާރިތައް ކުރަމުންދާ ބިދޭސީންގެ އެ އަމަލު ހުއްޓުވުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިހާރު ފުލުހުންނާއި ހޯމް މިނިސްޓްރީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ އެފަދަ ވަގު ވިޔަފާރިތައް ހުއްޓުވޭނީ ތަންފީޒީ އިދާރާތަކާއި، މިނިސްޓްރީތައް އަދި ކައުންސިލްތަކާއި ވިޔާފަރީވެރިން ގުޅިގެން ކަމަށެވެ. އަދި އެފަދަ މައްސަލައެއް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅިއްޖެ ނަމަ އެކަމާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިސްޓްރީއާ ހިސާބަށް، ތަންފީޒީ އިދާރާތަކުން އެ މައުލޫމާތު ދިނީމަ މިނިސްޓްރީން ފަހަތަކަށް ނުޖެހޭނެ ފިޔަވަޅު އަޅަން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބައެއް ބިދޭސީން އެފަދަ ވަގު ވިޔަފާރިތައް ދިވެހިންނާ ގުޅިގެން ހިންގަމުންދާތީ، އެކަން ހުއްޓުވުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ.

މީގެއިތުރުން ބިދެސީން ގަވައިދާ ހިލާފަށް ހިންގާ މިފަދަ ކަންތައްތައް ދެނެގަތުމަށް ފަސޭހަ ކުރުމުގެ ގޮތުން، ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ލޯކަލް ގަވަމެންޓެ މިނިސްޓްރީގައި އެދިފައި ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް