ads
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ މެދުގައި
ބެޑްމިންޓަން އިންތިހާބު ބާއްވަން 20 ދުވަހުގެ ފުރުސަތެއް
ބެޑްމިންޓަން އެސޯސިއޭޝަން އިންތިޚާބު، ބޭއްވުމަށް 20 ދުވަހުގެ ފުރުސަތެއް ސްޕޯޓްސް ކޮމިޝަނުން ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު، ބޭއްވުމަށް ސްޕޯޓްސް ކޮމިޝަނުން 20 ދުވަހުގެ ފުރުސަތެއް ދީފައިވަނީ، ކަނޑައެޅިގެންވާ އުސޫލުގެ ތެރެއިން އެކަން ކުރުމަށެވެ. މީގެ ކުރިން އެ އެސޯސިއޭޝަނުން ބާއްވަން މަސައްކަތް ކުރި އިންތިހާބުވަނީ ހުއްޓުވާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން އިންތިހާބު ބާއްވަން މަސައްކަތްކުރީ މިދިޔަ މާޗު ފަހުކޮޅު އައްޑު ސިޓީގައެވެ. އެ އިންތިހާބު ހުއްޓާލަން ތަކުރާރުކޮށް އަންގާފައިވަނިކޮށްވެސް އެ އެންގުންތަކަށް ގޮން ޖަހައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދަނިކޮށް އޭސީސީންވެސްވަނީ އެ އިންތިހާބު ހުއްޓަން އަންގާފައެވެ. އެންމެ ފަހުން އިންތިހާބު ހުއްޓީ އޭސީސީގެ އެންގުމާއެކުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕޯޓްސް ކޮމިޝަނުން ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް 20 ދުވަހުގެ ތެރޭގައި ވަކި އުސޫލެއްގެ ތެރެއިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދީފައެވެ. އެއީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަށް ނުދޭ ގޮތަށެވެ. އަދި ބީޑީސީތަކަށް އިންތިހާބުގެ ވޯޓުގައި ބައިވެރިވެވޭނީ، އެ ކޮމިޓީތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްގެން ކަންވެސް ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް