ads
އިންޑޯ ދެ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފަށަނީ
އިންޑޯ ދެ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަންނަ މަހުގައި ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް މިނިސްޓަރު މިހެން ވިދާޅުވީ އާމުން ވަޒީރުންނާ ސުވާލުކުރުމަށް ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި މި ދެ ކޮމްޕްލެކްސްގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިތަނުން އެއް ކޮމްޕްލެކްސް ހުޅުމާލޭގައި އަޅާނެކަމަށެވެ. މިތަނުގައި ނުކުޅެދޭ މީހުންނަށް ފަސޭހައިން އެތަންތަނަށް ވަދެ ނިކުމެ ހެދޭ ގޮތް ހަދާނެކަމަށާއި ހާއްސަކޮށް ވީލްޗެއާގައި ވަންނަން ބޭނުންވާ މީހުންނަށް ފަސޭހަވާނެ ގޮތް ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕެރަ އެތުލީޓުންނަށް ހާއްސަ ކުޅިވަރު މުބާރާތެއް ބާއްވަން އެކަމާ ގުޅުން ހުރި އެސޯސިއޭޝަނަކުން ހުށަހަޅައިފިނަމަ އެކަމަށް ސްޕޯޓްސް މިނިސްޓްރީން އެހީވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.

"މިދެ ތަނަކީ ފަސް ޕިޗްގެ އިންޑޯ ކޮމްޕްލެކްސް އެއް. މި ތަން މިހާރު ވަނީ ޑިޒައިން ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މި އިންޑޯ ދެ ކޮމްޕްލެކްސްގެެ ބިންގާ އެޅުމަށް ތައްޔާރުވަމުންދަނީ ފެބްރުއަރީ 20 ވަނަ ދުވަހުގެ ކުރިން އެޅުމަށެވެ. ކުޅިވަރު ކުޅުމަށް ދެ ކޮމްޕްލެކްސް އެޅުމަކީ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް