ads
ލިވަޕޫލްގެ ކޯޗު ކްލޮޕް
"ދެން ނުވާނެ" ކަމަށް ބުނެ ކްލޮޕް ލިވަޕޫލް ދޫކޮށްލަނީ
"ދެން ނުވާނެ" ކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމް، މި ސީޒަނަށް ފަހު ދޫކޮށްލަން ޔާގަން ކްލޮޕް ނިންމައިފިއެވެ.

ލިވަޕޫލްގެ ކޯޗުކަމުގެ މަގާމަށް ކްލޮޕް ހަމަ ޖެއްސީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭރު ކްލޮޕް އެއްބަސްވީ، 2026 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކްލަބާއެކު ހުރުމަށެވެ.

އޭނާ ވަނީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ކުރިން 2019-20 ވަނަ އަހަރު ލިވަޕޫލަށް 30 އަހަރު ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މި ސީޒަނަށް ފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަން ކްލޮޕް އިއުލާންކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލުންވަނީ މިދިޔަ ދުވަސްތަކުގައި މޭޖަރ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.

މިވަގުތުވެސް ލިވަޕޫލް އޮތީ ޕްރިމިއަރ ލީގުގެ ޓޭބަލްގެ އެއްވަނައިގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް