ކްލައުޑިއޯ އެޗެވޭރީއަކީ ނޮވެމްބަރު މަހު އޮތް 17 އަހަރުން ދަށުގެ ފީފާ ވަރލްޑްކަޕްގައި އާޖެންޓީނާގެ ކެޕްޓަންކަން ކުރި ޒުވާން މިޑްފީލްޑަރެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އާޖެންޓީނާގެ ރިވަރ ޕްލޭޓަށެވެ. ކްލައުޑިއޯ އެޗެވޭރީގެ ސޮއި ސިޓީން ހޯދީ 12.5 މިލިއަން ޕައުންޑަށެވެ.
ޒުވާން ކުޅުންތެރިޔާވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސިޓީއާއެކު ސޮއިކޮށްފައެވެ. އެހެންނަމަވެސް އުއްމީދީ މިދްފީލްޑަރު ސިޓީއާ ގުޅޭނީ މިއަހަރު ނިމުމުންނެވެ. މިއަހަރު ނިމެންދެން 18 އަހަރުގެ ކުޅުންތެރިޔާ ކުޅޭނީ ރިވަރ ޕްލޭޓް އަށެވެ.
ކްލައުޑިއޯ އެޗެވޭރީ އަކީ 17 އަހަރުން ދަށުގެ ވަރލްޑްކަޕްގެ ކްއާޓާ ފައިނަލްގައި ބްރެޒިލް ކޮޅަށް ހެޓްރިކް ހެދި މިޑްފީލްޑަރެވެ.