ads
ޔަހޫދީން ޝަހީދުކޮށްލައިފައިވާ ފަލަސްތީނުގެ އާއިލާއެއް؛ މިއީ އިންސާނީ ކަރިސާއެއް
ގަތުލު އާންމެއް ހިންގާ ކަމަށް ބުނެ، އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ކޯޓުގެ އަމުރެއް
ފަލަސްތީނުގެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ އިސްތިއުމާރީ ސިފައިން ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ޔަހޫދީ ފައުޖުގެ އުދުވާންތައް ވަޤުތުން ހުއްޓައިލަން އަމުރު ކުރުމަށް ދެކުނު އެފްރިކާއިން އިންސާފާ ބެހޭ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލަ ބޭރު ނުކުރާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.
Advertisement

އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އދގެ އެންމެ މަތީ ކޯޓެވެ. އެއީ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.

ދެކުނު އެފްރިކާއިން ވެއްދި އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 11 އިން 14 އަށް ވަނީ ބާއްވައިފަ އެވެ. އަޑުއެހުންތަކުގެ ފުރަތަމަ ދުވަހު ދެކުނު އެފްރިކާއިން ބުނީ އިސްރާއީލުން ގާޒާއަށް ދެމުންދާ ވައިގެ ހަމަލަތަކާއި އެއްގަމު މަގުން އަރައި ދެމުންދާ ހަމަލާތަކަކީ ގާޒާގެ މުސްލިމުން ނައްތައިލަން ފަށާފައިވާ ލާއިންސާނީ އުދުވާނެއް ކަމުގައެވެ.

ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮހުވޭ ވަނީ ޔަހޫދީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ. މިގޮތަށް އަމުރު ނެރުނީ 15-2 ވޯޓުގެ އަގުލަބިއްތުުންނެވެ.

ގާޒާގައި މަރުވަމުން އަންނަ އާންމުންގެ އަދަދާއި އެތަނަށް ލިބެމުން އަންނަ ގެއްލުންތަކާއި ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން 1948 ވަނަ އަހަރު އެކުލަވާލެވުނު ޖެނޮސައިޑް ގާނޫނަށް ފެތޭ ކަމަށް ބުނެ ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށައެޅި މައްސަލަ ބައްލަވާ ބެންޗުން ބުނީ ޔަހޫންދީންގެ ހަމަލާތައް ވަގުތީ އަމުރު ނެރުމަށް ނިންމީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ގާޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ގާޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި އާންމުން ޖެހިފައިވާ ހާލާ މެދު އދ.ގެ އެކި އިދާރާތަކުން ނެރެފައިވާ ބަޔާންތަކާއި އިޒްރޭލުގެ ވެރިންނާއި އަސްކަރިއްޔާއިން ގާޒާގެ އާންމުންނަކީ "އިންސާނުންގެ ސިފައިފައިގައި ތިބި ޖަނަވާރުން" ކަމަށް ސިފަކުރުމާއި ހަމާސްގެ އަމަލުތަކަށް ގާޒާގެ ރައްޔިތުން ވެސް ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައިވާ ވާހަކަތަކަށް ކޯޓުން ރިއާޔަތްކުރި އެވެ.

ޔަހޫދީ އިޒްރޭލު ދައުލަތުން ބުނެފައިވަނީ ހަމަލާތައް ހުއްޓާލަން ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށާއި އެއީ މައްސަލައިގެ އަނެއް ފަރާތުގައި އޮތީ ހަމާސް ކަމަށް ވެފައި ހަމާސްއަކީ ކޯޓަށް ހުށަހެޅި މައްސަލައިގެ ބައިވެރިޔަކަށް ނުވުމެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ގާޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 25،285 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެންނުންނާ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 61154 އަށް އިތުރުވެފައެވެ.

ޖުމުލަ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފަލަސްތީނުގެ 87 އިންސައްތަ މީހުންގެ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައިވާ ކަމަށާއި، ކާނާއާއި ސާފު ބޯފެން އަދި ބޭސް ވެސް ޣައްޒާގެ ރައްޔިތުންނަށް ލިބުން ދަތިވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް