ވޯޓު ލުން ކުރިއަށް ދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 05:00 އަށް ކަމަށް އެ ކޯލިޝަނުން މައުލޫމާތު ދެ އެވެ.
ޕީޕީއެމް/ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވީ، ޕްރައިމަރީގައި ޖުމުލަ 73 ދާއިރާއަކުން 71597 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ ޕްރައިމަރީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 227 ވޯޓު ފޮށި ބަހައްޓާފައި ހުންނާނެ ކަމަށެވެ.
މާލޭގައި ފޮށި ބަހައްޓާފައި ހުރި ތަން ތަން:
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި މީހަކު މިއަދު ވޯޓުލަނީ - ސީއެންއެމް ފޮޓޯ: މުހައްމަދު އާދަމް އަހްމަދު
އެންމެ ފުރަތަމަ ސަރުކާރު ހިންގާ ކޯލިޝަނުން ޕްރައިމަރީ ބޭއްވުމަށް ނިންމީ މިދިޔަ ޑިސެމްބަރު 23 ގަ އެވެ. އެއަށް ފަހު ސްކޫލް ޗުއްޓީއާ ދިމާވާ ކަމަށް ބުނެ ޖެނުއަރީ 20 އަށް ޕްރައިމަރީ ލަސް ކުރި އެވެ. އެހެންނަމަވެސް ޖެނުއަރީ 27 އަށް ޕްރައިމަރީ ލަސް ކުރީ ކީއްވެކަން އެ ކޯލިޝަނުން ހާމަ ކޮށްފައެއް ނުވެ އެވެ.
ޕްރައިމަރީ އަކާ ނުލައި ޓިކެޓް ކަށަވަރުވި 13 ދާއިރާ
މި 13 ބޭފުޅުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
މި 13 ބޭފުޅުންގެ އިތުރުން ދެން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ނޯންނަ އަނެއް ތިން ދާއިރާއަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ވާދަކުރައްވާ މާފަންނު އުތުރު ދާއިރާ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިނގިލި ދާއިރާއާއި އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާ އެވެ.
ސިޔާސީ ޕާޓީގެ މި ތިން ލީޑަރުންނަކީ މިވަގުތު ސަރުކާރާ އެކު މަސައްކަތް ކުރައްވާ ތިން ބޭފުޅުންނަށް ވާތީ އެ ދާއިރާތަކަށް ޕީޕީއެމް ޕީއެންސީގެ އެެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް އެ ޕާޓީތަކުން ވަނީ ނިންމާފަ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު އެވެ.