ads
ފޯ ސީޒަންސް މޯލްޑިވްސް ރިސޯޓް
މި މަހު ބައެއް ރިސޯޓު މުވައްޒަފުންނަށް ލިބުނު ސާވިސް ޗާޖު
މި މަހު ބައެއް ރިސޯޓު މުވައްޒަފުންނަށް ލިބިފައިވާ ސާވިސް ޗާޖު ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާންމު ކޮށްފި އެވެ.

މި ޕޭޖުން ހާމަކޮށްފައިވާ ގޮތުގައި ފޯ ސީޒަންސް މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް މިމަހު ސާވިސް ޗާޖުގެ ގޮތުގައި 2757.87 ލިބިފައިވެ އެވެ. މިއީ ރާއްޖޭގެ ބޭންކުތަކުގެ އަގަށް ބަލާނަމަ އެއީ 42،512.94 ރުފިޔާ އެވެ. ރެފަލްސް މޯލްޑިވްސް ގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި 1324.12 ޑޮލަރު ލިބިފައިވާއިރު އެއީ 20417.93 ދިވެހި ރުފިޔާއެވެ.

މީގެ އިތުރުން ދެން ހާމަކޮށްފައިވާ ސާވިސްޗާޖު ތަކަކީ:

  • ނިޔާމަ ޕްރައިވެޓް އައިލެންޑް - 1138.10 ޑޮލަރު
  • ކުރަމަތި މޯލްޑިވްސް - 810.84 ޑޮލަރު
  • ވަލްޑޯފް އެސްޓޯރިއާ - 2896.67 ޑޮލަރު
  • ކްލަބް މެޑް ފިނޮޅު - 70.00 ޑޮލަރު

ފަތުރުވެރިކަމާއި ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސްޗާޖުގެ ގޮތުގައި 10 އިންސައްތަ ނެގުން ލާޒިމެވެ. އަދި ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް ލިބިގެންވެ އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް ޕޭޖަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންތަކެއް ގުޅިގެން ހިންގާ ޕޭޖެކެވެ. މި ޕޭޖުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުއައްޒަފުންގެ ދިފާއުގައި އަޑުއުފުލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް