 
                                                                                                
                    މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާގެ) ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފަތުހުﷲ އިސްތިއުފާ ދެއްވަނީ ކުރިޔަށް އޮތް 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕްރައިމަރީ ނެތް ދާއިރާތަކުގެ ތެރޭގައި ތިމަރަފުށީ ދާއިރާ ހިމެނެ އެވެ. ފަތުހުﷲ ވާދަކުރައްވަނީ އޭނާ ނިސްބަތްވާ ތިމަރަފުށީ ދާއިރާ އަށެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގައެވެ.