ads
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓު ގުނަން ފަށައިފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ނިންމާ ވޯޓު ގުނަން ފަށައިފި އެވެ.

އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 10:00ގަ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނި ގޮތުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ވޯޓުލުމުގެ ކަންކަން ދިޔައީ އަމާން އޮމާންކަމާއެކު ކަމަށާއި ވޯޓު ގުނުން މިރޭ 21:30 އާއި ހަމަޔަށް ކުރިއަށްދާނެ ކަމަށެވެ. މި އިންތިހާބަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ޕްރައިމަރީ ކަމަށާއި އަދި މިއީ އެންމެ ގިނަ ބަޔަކަށް ވޯޓު ލުމުގެ ޙައްޤު ކަށަވަރުވި އެތެރޭގެ އިންތިހާބު ކަމަށް ޕީއެންސީން ބުނެ އެވެ.

އިންތިހާބުގެ ކަންކަން އޮމާންކޮށް ދިޔަ ކަމަށް ޕީއެންސީން ބުނި ނަމަވެސް ބައެއް ފޮށިތަކުގެ ކައިރީގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. ހަމަނުޖެހުންތައް ހިނގީ ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ އެވެ.

ވޯޓުލާ އެކި މަރުކަޒުތަކުގައި ބައެއް މީހުން ހިތްހަމަނުޖެހި، އަޑުގަދަކޮށް، ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ އެކި ވީޑިއޯތައް ސޯޝަލް މީޑިއާގައި މިއަދު ދިޔައީ ދައުރުވަމުންނެވެ.

މި އިންތިހާބުގައި 71597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް