މެދުހެންވޭރު ދާއިރާގެ ވޯޓު ގުނަމުން ދަނިކޮށް ބަޔަކު ވަނީ ވޯޓު ކަރުދާސްތަކެއް ޖަހައިގަނެ ވީދާފައެވެ.
ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި އެ ފޮށީގެ މައްސަލަ މީގެ ކުރިން ވެސް މިއަދު ޖެހިފައިވެއެވެ.
ވޯޓު ކަރުދާސް ވީދައި ހިންގި ހަމަނުޖެހުމާްއި ގުޅިގެން ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މައްސަލަ ހޫނުވެފައިވަނީ ޕާޓޯ ދަފްތަރުގައި ނެތް މީހުން ވޯޓާސް ލިސްޓުގައި ތިބުމުންނެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްގެންދިޔައެވެ. އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.