ads
އަޑިއަށް ދިޔަ ދޯނި
ދޯންޏެއް އަޑިއަށް ހިނގައްޖެ
ދޯންޏެއް އަޑިއަށް ދިއުމުގެ ހާދިސާއެއް ރޭގައި ހިނގައިފިކަމަށް ފުލުުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އިރު އޮއްސި 18:21 އެހާކަންހާއިރު 19 މޭލުންނެވެ.

މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި އެވަގުތު ތިން މީހުން ތިބި ކަމަށާއި އެ ތިން މީހުން އެ ހާދިސާ ހިނގި ވަގުތު އެ ސަރައްދުން ދަތުރުކުރަމުންދިޔަ ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް ނެގިއެވެ.

އެ ތިން މީހުން މާލެ ގެނެވިފައިވާއިރު ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީ ފަޅުވެރިން ކަމަށް ފުލުހުން ބުނެ އެވެ. ތިން މީހުންގެ ވެސް ހާލު ރަނގަޅެވެ. މި ހާދިސާގައި ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ވަނީ މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވައި ގަަދަ ދުވަސްވަރަކަށް ވާތީ ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ސަލާމަތީ ގޮތުން ހުންނަންޖެހޭ ތަކެތި ހަމައަށް ހުރިކަން ޔަގީންކުރަން އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް