ads
ހިޔާލު ތަފާތު ވިޔަސް ހުރިހާ ވަޒީރުންނަށް ރުހުން ދޭން ޖެހޭ: ތޯރިގު
ހިޔާލު ތަފާތު ވިޔަސް ހުރިހާވަޒީރުންނަށް ރުހުން ދޭން ޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
Advertisement

ތޯރިގް މިފަދައިން ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ދިނުން ހިމެނޭހެން ބަައެއް މުހިއްމު މަސައްކަތްތައް ކުރަން މަޖިލީހުގައި މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި އެވެ.

ގާނޫނު އަސާސީ ތަޝްދީގު ކުރެވުނު ފަހުން މި ބޭއްވުނު ހުރިހާ ރިޔާސީ އިންތިހާބެއްގައި ރައީސް އެކަށައަޅުއްވާ ވަޒީރުންނަށް މި މަޖިލީހުން އޮތީ ރުހުން ދީފައި ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

އަދިވެސް ތޯރިގް ވިދާޅުވެފައިވަނީ 15 އަހަރު ދުވަހުގެ ތެރޭ ކުރިއަށް ގެންގޮސްފައިވާ ހުރިހާ ރިޔާސީ އިންތިހާބަކަށްފަހު ރައީސް އައްޔަން ކުރައްވައި މަޖިލީހަށް ފޮނުއްވުމުން އެ ހުރިހާ ވަޒީރުންނަށް މިދިޔަ ހުރިހާ ރައްޔިތުންގެ މަޖިލީހެއްގައި ފުރަތަމަ ފަހަރަށް އޮތީ ރުހުން ދީފައި ކަމަށެވެ.

ގާނޫނު އަސާސީ ތަޝްދީގު ކުރެވުނު ފަހުން ކޮންމެ ރިޔާސީ ދައުރެއްގައިވެސް ހުރިހާ ވަޒީރުންނަށް ރުހުން ދިން ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށްވެސް މަޖިލީހުން ރުހުން ދީފައިވާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ފެނުނުއިރު ހުވާކުރައްވާފައި މިތަނަށް(މަޖިލީހަށް) ފޮނުއްވިއިރު އެމްޑީޕީއަށް މި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް ނޯންނާނެ. އޭރުގައި މެޖޯރިޓީ ކޮންޓްރޯލް ކުރަމުންދިޔައީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން. އެ މަޖިލީހުގައިވެސް އަޅުގަނޑުމެން(މަޖިލިސް މެންބަރުން) ހުރިހާ ވަޒީރުންނަށް ރުހުން ދިނިން" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ދެފަހަރު ވެރިކަން ކޮށް ތަސައްރަފް ފުދިފައިވާ ޕާޓީއެއް ކަމަށާއި އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށެވެ. އެހެން ނަމަވެސް ސިޔާސަތުތައް ތަފާތުވިޔަސް ނުވަތަ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮތަސް ސަރުކާރު ޒިންމާދާރު ކުރުވާ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކެބިނެޓަށް ރުހުން ދިނުމަށް ވެސް ތޯރިގު ގޮވާލެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު، އިބްރާހިމް ނަސީމް ވިދާޅުވީ، ސިޔާސީ ތަޅާފޮޅުމަކަށް ދިއުމުގެ ބަދަލުގައި ދިވެހި ގައުމުގެ ހައްގުގައި ހުރިހާ މެމްބަރުން ވެސް މަސައްކަތް ކުރައްވަން ޖެހޭ ކަމަށާއި ކޮމިޓީން ނިންމާފައިވާ ނިންމުމަށް އިހުތިރާމު ކުރައްވަން ޖެހޭ ކަމަށެވެ.

ނަސީމް ވިދާޅުވީ، ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ނުދޭން މެމްބަރުން ދައްކަވާނެ ހުއްޖަތެއް މިއަދަކު ނެތް ކަމަށާއި ޤާނޫނީ ގޮތުން ބެއްލެވި ނަމަވެސް، އިންސާފުގެ މަގުން ބެއްލެވި ނަމަވެސް، ޑިމޮކްރެސީގެ ހަމަތަކުން ބެއްލެވިއަސް، ޕްރޮފެޝަނަލް މިންގަނޑުން ބެއްލެވިއަސް އެއްވެސް މައްސަލައެއް ވަޒީރުންގެ ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒު ރުހުން ހޯއްދަވަން ފޮނުއްވާފައިވާ 22 ވަޒީރުންނަކީ ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާން ކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ މެމްބަރުންކަން އެކަން ދިރާސާ ކުރި ކޮމިޓީން ނިންމަވާފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، އެބޭފުޅުންގެ ޝަރުތުތައް ހަމަނުވާނަމަ، ކޮމިޓީން އެކަން ބަލައި، ދިރާސާ ކުރުމަށްފަހު ތަޅުމަށް އަންގާނެ ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީން ނިންމާފައިވަނީ ހުރިހާ ވަޒީރުން ވެސް ޝަރުތުހަމަވާ ކަމަށާއި އެހެން ކަމުން ކޮމިޓީން ނިންމަވާފައިވަނީ ރަނގަޅު ނިންމުމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތައް ޤާނޫނު އަސާސީއާއި އެއްވެސް ބުރޫ އެރުމެއް ނެތް ނަމަ، އެންމެ ފުރަތަމަ މި ހުށަހެޅޭ ކެބިނެޓަށް އަޅުގަނޑުމެން އެންމެން ކޮންފަމޭޝަން ދޭން ޖެހޭ. އެ ރުހުން ދޭން ޖެހޭ. އެއްވެސް ބޭފުޅެއްގެ މައްސަލަ އޮތް ނަމަ ކޮމިޓީގައި ބެލިފަ، ކޮމިޓީން ދިރާސަކޮށްފަ ޗެމްބާއަށް ފޮނުވީސް، އެކަން އެގޮތަކަށް ނެތް" ރިޔާޒް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓް ނެގުން އޮންނާނީ މަޖިލީހުގެ ވޯޓަށް އަހާ ގަޑީގައި މިއަދު މެންދުރު 13:30ގައެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެކަން ކުރިއާލާ ހާމަކޮށްފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ދެ ޕާޓީއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް