ads
މިދިޔަ އަހަރު މާޒިޔާއަށް ސަރުކާރުން 5 މިލިއަން ރުފިޔާ ދިން
މިދިޔަ އަހަރު، ސަރުކާރުން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ފަސް މިލިއަން ރުފިޔާއަށް ވުރެ ގިނައިން ދީފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރު މާޒިޔާއަށް، ސަރުކާރުން ކުރި ހޭދައިގެ ތަފްސީލް މިނިސްޓްރީން ދީފައިވާއިރު، މާޒިޔާއަށް 2023 ވަނަ އަހަރު ޖުމްލަ ފަސް މިލިއަނަށްވުރެ ގިނައިން ދީފައިވެއެވެ. 

މާޒިޔާއަށް މިދިޔަ އަހަރު ސަރުކާރުން ދީފައިވާ ފައިސާއަށް ބަލާއިރު، އޭއެފްސީ ކަޕްގެ މެޗުތަކަށް ދިން ފައިސާއާއި، ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ދިން ފައިސާ އަދި ޕްރެޒިޑެންޓްސް ކަޕްގެ އިނާމް ފައިސާ ހިމެނެއެވެ. 

2023 ވަނަ އަހަރު، މާޒިޔާއަށް ދިވެހި ސަރުކާރުން ޖުމްލަ، 5،226،132.13 (ފަސް މިލިއަން، ދެ ލައްކަ ސައްބީސް ހާސް، އެއް ސަތޭކަ ބައްތިރީސް ރުފިޔާ، އަށާވީސް ލާރި) ދީފައިވާ ކަމަށް ކުޅިވަރު މިނިސްޓްރީން ބުންޏެވެ. 

your imageމާޒިޔާއަށް ދީފައިވާ ފައިސާގެ ތަފްސީލް މިނިސްޓްރީން ހާމަކޮށްފައި

މާޒިޔާއަށް 2023 ވަނަ އަހަރު ދިން ފައިސާގެ ތަފްސީލް

- 2022 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތަކަށް އިންޑިޔާއަށް ކުރި ދަތުރަށް 368،299.60

- 2023 ވަނަ އަހަރު ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފައިސާ 1،000،000

- 2023 ވަނަ އަހަރު ފުޓްބޯޅަ ސީޒަނަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ދިން ފައިސާ 247،500

- 2023 ވަނަ އަހަރު ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފައިސާ 1،000،000

- 2023 ވަނަ އަހަރު، ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަން ޓީމަށް ދެވޭ ފައިސާ 500،000

- 2023 ވަނަ އަހަރު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތަކުގައި ބައިވެރިވުމަށް ކުރި ދަތުރުގެ 50 އިންސައްތަ 175،695.48

- 2023 ވަނަ އަހަރު، ކްލަބުތަކަށް މާލީ އެހީގެ ގޮތުގައި ދިން ފައިސާ 1،000،000

- 2023 ވަނަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ޓިކެޓް ފައިސާ (ބަންގްލަދޭޝް) 350،558.28

- 2023 ވަނަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ޓިކެޓް ފައިސާ (އިންޑިޔާ) 408،383.28

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް