ads
ކިންޑާގެ ކުދިންތަކެއް ދިވެހި ސަގާފީ ހެދުމުގައި-- ފޮޓޯ: ސަން
ރާއްޖޭގެ 11 ސުކޫލެއްގައި ގައުމިއްޔަތު ކިޔަވައިދޭން ފަށައިފި
ގައުމިއްޔަތު މި މާއްދާ ވަކި މާއްދާއެއްގެ ގޮތުގައި 11 ސުކޫލުގައި ކިޔަވައިދޭން ފަށައިފި އެވެ.

ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާފައި ވަނީ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުންނެވެ. ގައުމިއްޔަތު މާއްދާ ރަސްމީކޮށް މަންޙަޖުގެ ތެރެއިން ކިޔަވައިދޭން ފެށުމަށް ސަރުކާރުން ރާވަމުންދަނީ އަންނަ ދިރާސީ އަހަރާއެކުއެވެ.

މިއީ ކުޑަކުދިންގެ ހިތްތަކުގައި ގައުމާއި ދިވެހި ސަގާފަތަށް ލޯބި ޖެއްސުމަށް ރައީސް ޑރ.މުއިއްޒު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ތަޢުލީމީ ދާއިރާގެ މުހިންމު ވައުދެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

މި މާއްދާ މިވަގުތު ކިޔަވައިދޭން ފަށާފައިވާ ސުކޫލުތަކަކީ:

1. ޞަލާޙުއްދީން ސްކޫލް – ހުޅުމާލެ
2. ކަލާފާނު ސްކޫލް – މާލެ
3. ތާޖުއްދީން ސްކޫލް – މާލެ
4. މުހިއްޔިއްދީން ސްކޫލް – ވިލިމާލެ
5. ބ.އަތޮޅު ތަޢުލީމީ މަރުކަޒު – ބ.އޭދަފުށި
6. ޅ.އަތޮޅު ތަޢުލީމީ މަރުކަޒު – ޅ.ހިންނަވަރު
7. ވ.އަތޮޅު ތަޢުލީމީ މަރުކަޒު – ވ.ފެލިދޫ
8. މަގޫދޫ ސްކޫލް – ފ.މަގޫދޫ
9. އަބޫބަކުރު ސްކޫލް – ގދ.ތިނަދޫ
10. ހިތަދޫ ސްކޫލް – ހިތަދޫ، އައްޑޫ ސިޓީ
11. މުޙައްމަދު ޖަމާލުއްދީން ސްކޫލް – ފުވައްމުލައް ސިޓީ  

މި ސްކޫލްތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް މުދައްރިސުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ތައުލީމީ ވުޒާރާއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން މި ސްކޫލްތަކަށް މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު މި ސެޝަންތަކުގައި ސްކޫލަކުން ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ފޯކަލް ޕޮއިންޓްތަކުން ވެސް ބައިވެރިވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް