ads
ކޮވިޑް-19 އިން ސަލާމަތް ވެފައިވާ މީހުންނަށް ދެވަނަ ފަހަރަށް މިބަލި ޖެހޭތަ؟
ކުރިން ކޮރޯނާ ވައިރަސް ޖެހި އަދި މި ބަލިން ސަލާމަތް ކުރެވިފައިވާ މީހަކަށް އަނެއްކާ މިބަލި ޖެހިދާނެ ހެއްޔެވެ؟

ސައިތު ޗައިނާ މޯނިން ޕޯސްޓް އިން ބުނފައިވާ ގޮތުގައި މި ވައިރަސް ފުރަތަމަ ފެނިފައިވާ ޗައިނާ ގެ ވުހާން ޕްރޮވިންސް އިން މި ބަލިން ސަލާމަތްވިކަމަށް ބަލައިފައި ދޫކޮށްލެވުނު މީހުންގެ ތެރެއިން 10 އިންސައްތަ މީހުން އަނެއްކާ މި ވައިރަސް އަށް ޕޮޒިޓިވެ ވެގެންވަނީ އެޑްމިޓް ކުރެވިފައެވެ. 

މިއީ މިބަލި ޖެހި މިބަލިން ސަލާމަތްވާ މީހުންނަށް އަނބުރާ މިބަލި ޖެހޭނެކަމަށް ކުރެވުނު ފުރަތަމަ ރިޕޯޓެއް ނޫނެވެ. ނަމަވެސް، ސއިންޓިސްޓުން އަދިވެސް ބުނަނީ މި ވައިރަސްއަށް އެއްފަހަރު ޕޮޒިޓިވް ވެއްޖެ ނަމަ މިވައިރަސްގެ އަސަރު ދެވަނަ ފަހަރަކަށް ނުކުރާނެކަމަށެވެ.

ކޮވިޑް-19 ގެ އަސަރު އިތުރަށް ފެންނަން ނެތުމުގެ ސަބަބުން 147 މީހަކު އަނބުރާ ގެއަށް ފޮނުވާލެވުނުއިރު ހަފްތާއެއްގެ ތެރޭގައި މި 147 މީހުންގެ ތެރެއިން ފަސް މީހަކުވަނީ އަނެއްކާ މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ކަމަށް ޓޮންގީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި ހޮސްޕިޓަލުގެ އިތުރުން އެއްބައި ކަރަންޓީން ސެންޓަރުތަކުން ބުނެފައިވަނީ ރަނގަޅުވެގެން ދޫކޮށްލެވޭ 10 އިންސައްތަ މީހުން އަނެއްކާ މިބައްޔަށް ޕޮޒިޓިވްވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު 40 އަހަރުގެ ޖަޕާން އަންހެނެއް މި ބަލިން ރަނގަޅު ކުރެވި، ދޫކޮށްލެވުނުތާ 10 ދުވަސް ފަހުން ވަނީ އަނެއްކާ މި ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. ޖިއަންގްސޫ ޕްރޮވިންސް އިން ޗައިނާ ފިރިހެނެއް ކޮރޯނާ ވައިރަސް އިން އެއްކޮށް ސަލާމަތް ވެގެން ދޫކޮށްލެވިފައިވަނިކޮށް އޭގެ ތިން ދުވަސް ފަހުން ވަނީ އަނެއްކާ މި ވައިރަސް އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

އެ ރިޕޯޓުތަކަށް ބަލާއިރު އެނގޭ ކަމަކީ ނޮވެލް ކޮރޯނާ ވައިރަސް އަމަލު ކުރެވެނީ މިކަހަލަ އެހެން ވައިރަސްތައް ކަމަށްވާ ސާސް އަދި މާސް-ކޮވް ކަހަލަ ވައިރަސްތަކާއި ތަފާތު ކޮށްކަމަށެވެ. އަދި ކޮވިޑް-19 ވެގެން ގޮސްފައިވަނީ ސިއްހީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށެވެ.

ނަމަވެސް ސައިންޓސްޓުންނާއި ތަޖުރިބާކާރުން ބުނާ ގޮތުގައި ވައިރަސް ޖެހުމަށް ފަހު އަނެއްކާ މި ބައްޔަށް ޕޮޒިޓިވް ވުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައެވެ. ދެވަނަ ފަހަރަށް މި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުން ބަލިން އެއްކޮށް ރަނގަޅު ނުވަނީސް ދޫކޮށްލެވިފައިވެދާނެ ކަމަށާއި ނުވަތަ އެ މީހުންގެ ދިފާއީ ނިޒާމް ތަންކޮޅެއް ބަލިކަށިވުމުގެ ސަބަބުން އެ ވައިރަސް ދިފާއު ނުކުރެވުނީ ކަމަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް