ads
މަކަރާއި ހީލަތުގެ މައްސަލައެއްގައި އިންޑިޔާ މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައެއްގައި އިންޑިޔާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އިންޑިޔާގެ ސައި ތެޖާ މެދަރަމެޓްލާ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ސައި ތެޖާ ހޯދަމުންދަނީ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށެވެ. 

ސައި ތެޖާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރީ ކަމުގައި ވެސް ފުލުހުންގެ އެ އިއުލާނުގައިވެ އެވެ.

ސައި ތެޖާ ހާޒިވުމަށް އަންގާފައި ވަނީ 3 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އަށެވެ. ސައި ތެޖާ ހާޒިރުވުމަށް އަންގާފައިވަނީ ހުޅުމާލޭ ޕޮލިސްސްޓޭޝަން އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް