ads
ސަރުކާރުގެ އިސްވެރިން ދަސްކުރަންވީ އަހްލާގު: ޖަމީލް
ސަރުކާރުގެ އިސްވެރިން ދަސްކުރަންވީ އަހްލާގު ކަމަށް ޑރ މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލްގެ މި ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކޮށްފައިވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން މަޖިލިސް ކައިރީ ސަރުކާރު އިސްވެރިން މުޒާހަރާކުރަމުން ގެންދާތީއެވެ. 

ޖަމީލް ވިދާޅުވީ ސަރުކާރުގެ ވެރިން ދަސްކުރަންވީ އަޚްލާގުކަމަށާއި މުޒާހަރާކޮށް އަދި ގާނޫނާއި ޚިލާފުވެގެން ނުވާނެކަމަށެވެ.

"ސަރުކާރުގައި ތިޔަ ތިއްބެވީ. މުޒާހަރާކޮށް އަދި ގާނޫނާއި ޚިލާފުވެގެން ނުވާނެ. އަމުދުން ސަރުކާރުގެ އިސްވެރިން ވާންޖެހޭނީ ކިޔަމަންތެރި ބަޔަކަށް. އިދިކޮޅުގައި ތިބޭގޮތަށް އުޅުމަކީ ޒިއްމާދާރުކަމެއް ނޫން."
ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވަޒީރުންނަށް މަޖިލިހުން ރުހުންދިނުމާއި ނުދިނުމަކީ މަޖިލިހުގެ ބާރެއްކަމަށެވެ. އަދި ރ. ނަޝީދުގެ ވެރިކަމުގައި މަޖްލިސް ޙަރަކާތްވި ގޮތް ހަނދާން އެބަހުރިތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

" ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެެއްގެ ސިފަތައް އެއީ. ޗެކް އެންޑް ބެލެންސް ހިނގާގޮތް އެއީ. މަޖްލިސް އަމަލުުކުރަނީ ދުސްތޫރީ ގޮތުން ރަނގަޅަށް. ނޭގިގެން އުޅެނީ މިއަދު ސަރުކާރަށް." ޖަމީލް ވިދާޅުވިއެވެ.

your imageސަރުކާރަށް ތާއީދުކުރާ ބަޔަކު މަޖިލިސް ކައިރީ މުޒާހަރާކުރަނީ

އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ވަނީ ނިންމާފައެވެ. ވޯޓް ނަގަން އޮތް ޖަލްސާެއަށް ސަރުކާރު މެމްބަރުން މަޖިލީހުގެ ޗެމްބަރަށް ވަދެ އިދިކޮޅު މެމްބަރުންނަށް ނުވަދެވޭގޮތަށް ދޮރުތައް ވަނީ ތަޅުލަފައެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ވަޒީރުންގެ ނައިބުންގެ އިތުރުން ސަރުކާރަށް ތާއިދުކުރާ ބަޔަކު ނުކުމެ މަޖިލިސް ހިމެނޭ ގްރީން ޒޯންގައި ވަނީ މުޒާހަރާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް