ads
ގިނަ އަންހެން ކެންޑިޑޭޓުން ނާކާމިޔާބުވުމުން އަނީސާ ނުރުހިއްޖެ
އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާ މެދު ސުވާލު އުފައްދަވައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަނީސާ އަހްމަދު ނުރުހުން ފާޅު ކުރައްވައިފި އެވެ.

އަންހެނުންގެ ހައްގުގައި ވަރަށް ބޮޑަށް އަބަދުވެސް އަޑުއުފުލުއްވާ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ކުރީގެ ވަޒީރު އަނީސާ ސޯޝަލް މީޑިއާގައި މިއަދު ވަނީ، ޕްރައިމަރީއަކާ ނުލައި ޕާޓީގެ މަޖިލިސް ޓިކެޓް އެންމެ އަންހެނަކަށްވެސް ނުދިނުމުން، ސިޔާސީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާމެދު ސުވާލު އުފައްދަވައިފަ އެވެ.

އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ އެތެރޭގެ އިންތިހާބުގައި 73 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރި އިރު، 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ. އޭގެ ތެރެއިން ޓިކެޓް ކަށަވަރު ކުރެވުނީ އެންމެ އަންހެން ކެންޑިޑޭޓަކަށެވެ. 

އިންތިހާބަކާ ނުލައި 13 ބޭފުޅަކަށް އެ ކޯލިޝަނުން ޓިކެޓު ދޭން ނިންމި އިރު އޭގެ ތެރޭގައި ވެސް ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ. ސައުދާ ވާދަކުރައްވަނީ ނިލަންދޫ ދާއިރާއަށެވެ.

އަނީސާ ކުރިން ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާ ވެސް ގިނަ އަންހެނުން ބައިވެރިކޮށް ހޮވައިދިނުމަށާއި އެ ދެ ޕާޓީން ހޮވޭ އަންހެން މެމްބަރުންނަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ހާއްސަ އެލަވަންސެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ކުރިން ތައުރީފު ކުރައްވައިފި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް