ހުޅަނގުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރޯމާއިން ވަކިކުރުމުގެ ކުރިން މޮރީނިއޯ ސައުދީ އަރަބިއްޔާގެ އަލްޤާދުސިއާއާ ގުޅުމަށް މަޝްވަރާތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް މިހާތަނަށް އާއްމެއް ނުކުރެއެވެ.
މި ސީޒަން ނިމުމުން ރޯމާއިން މޮރީނިއޯ ވަކިވާނެ ކަމަށް ބެލެވިފައިވަނިކޮށް، މޮރީނިއޯ ވަކިކުރީ ކުރިން ހީކުރި ވަރަށްވުރެ އަވަހަށެވެ.
އުމުރުން 60 އަހަރުގެ މޮރީނިއޯ 2021 ވަނަ އަހަރުގެ މެއި މަހު ރޯމާގެ ކޯޗުކަމުގެ މަގާމާ ހަވާލުވިއިރު، އޭގެ އަހަރެއް ފަހުން ރޯމާ ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، 2023 ވަނަ އަހަރު ޔޫރޮޕާ ލީގު ހޯދާފައެވެ.