ads
މެޖޯރިޓީގެ ބާރުން ސަރުކާރު ބަލިކަށްޓެއް ނުކުރެވޭނެ: ނާޒިމް
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށް ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުން ގޮތް ނިންމައި ހޮވާފައިވާ ސަރުކާރުގެ އެންމެ ގާބިލް މިނިސްޓަރުންނަށް ރުހުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މީގެއިތުރުން ކޮމިޓީ މަރުހަލާގައި ޝަރުތު ހަމަވާ ގާބިލު ބޭފުޅުންކަމުގައި ނިންމާފައިވަނިކޮށް، މަޖިލިސް ތަޅުމުން ވޯޓު ނުދީ އެބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީ އަމަލެއް ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ.

"އެހެނަސް މަޖްލިހުގެ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ބަލިކަށި ކޮށްލެވޭނެކަމަށް ހީކުރުމަކީ ކުށް ހީއެއް!" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މިފަދަ ބަހުގެ ހަމަލާއެއް އިދިކޮޅު އެމްޑީޕީއަށް ދީފައި މިވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީން ނިންމާފައިވާތީ އެވެ. އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ނިންމާފަ އެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އިއްޔެ ދައުރުން ބޭރުން ކުރިއަށްގެންދިޔަ ޖަލްސާގައި އިހުތިޖާޖުކޮށް ޖަލްސާ ހުއްޓުވާފަ އެވެ. އަދި އެއީ ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ހިންގާ ކަމެއްގެ ގޮތުގައި ސަރުކާރުގެ އިސް ބޭފުޅުން ސިފަކުރައްވާފައިވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ މަޖިލިހުގައި ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން މިއަދު މެނދުރުފަހު 13:30 ގައި ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ތާވަލު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް