ads
ފްލެޓުގެ މައްސަލަގައި ބައެއް ފަރާތްތަކުން މަޖިލީހުގެ ރައީސް އަސްލަމް އާއި ބައްދަލުކޮށްފި
4000 ފުލެޓާ ގުޅޭގޮތުން މައްސަލަ ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުހައްމަދު އަސްލަމްއާ ބައްދަލުކުރައްވައިފި އެވެ.

4000 ފްލެޓާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ހުށައަޅާފައިވާ މައްސަލަތަކާއި މެދު މި ހަފްތާގައި ގޮތެއް ނިންމާނެކްމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓާ މެދު ޝަކުވާ ހުށައެޅުމުން ފްލެޓް ދިނުން ހުއްޓާލަން އޭސީސީން އެންގިއެވެ.

ގޯއްޗާއި ފްލެޓް ލިބޭ މީހުން ހިމެނޭ ލިސްޓުގައިވާ ގޮތަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ކުރާނެކަމަށް މިމަހުގެ 2 ގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް 2 ހަފްތާ ނިމުނުއިރުވެސް ރަޖިސްޓްރީ ސަރުކާރުން ހަވާލެއް ނުކުރެވެ. 

your imageބައްދަލުވުމުގެ ތެރެއިން

ރައީސް އެހެން ވިދާޅުވި ނަމަވެސް ގެދޮރާއި ބެހޭ ވަޒީރު ވިދާޅުވީ ރަޖިސްޓްރީ ދޫކުރާނީ އޭސީސީން ގޮތެއް ނިންމުމުންކަމަށެވެ. 

އޭސީސީން ބުނީ ފްލެޓާއި ގުޅިގެން ބަލަމުންދާ މައްސަލާގައި މިހަފްތާގައި ގޮތެއް ނިންމާނެކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން  9000އަށް ވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައެވެ.  ސަރުކާރު ނިމުމުގެ ކުރިން އޭގެ ތެރެއިން ގިނަ ގޯތީގެ ލިޔުންތައް ވަނީ ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް