ads
ރޭގެ ޖަލްސާގެ ތެރެއިން
ރުހުން ދިނުމުގެ ޖަލްސާ ފަސްކުރީ މައިކުތައް ހަދަން: މަޖިލީހުގެ އިދާރާ
ރުހުން ދިނުމުގެ ޖަލްސާ މިއަދު ފަސްކުރީ މަޖިލިސް ތަޅުމުގައި ބޭނުންކުރާ މައިކުތަކުގެ މަރާމާތަށް ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ، "ސީއެންއެމް" އަށް ވިދާޅުވީ ގިނަ މައިކްތަކެއް ހުރީ ހަލާކުވެފައި ކަމަށާއި އެހެންކަމުން ޖަލްސާ ކުރިޔަށް ގެންދެވޭނީ މައިކުތައްް ހަދައިގެންކަމަށެވެ. 

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ބާއްވަން ފުރަތަމަ ތާވަލުކުރީ 11:00 އަށެވެ. އެހެންނަމަވެސް މިހާރު ޖަލްސާ ވަނީ 13:30 ލަސްކޮށްފައެވެ. މީ މަޖިލިހުގައި ނިންމާ ކަންކަމުގައި އާއްމު ގޮތެއްގައި ވޯޓަށް އަހާގަޑިއެވެ. 

އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމުން އިއްޔެ ބާއްވަން މަސައްކަތް ކުރި ޖަލްސާ ބޭއްވިޔަ ނުދީ ސަރުކާރަށް ތާއިދުކުރާ މެމްބަރު ގެންދިޔައީ ހުރަސްއަޅަމުންނެވެ. 

އަދި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް މާރާމާރީ ވެސް ވަނީ ހިންގައިފަ އެވެ.

އިއްޔެ ޖަލްސާ ފަށާ ގަޑިޖެހުމުގެ ކުރިން ސަރުކާރު މެމްބަރުންވަނީ މަޖިލީހުގެ ޗެމްބަރަށް ވަދެ އިދިކޮޅު މެމްބަރުންނަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލާފައެވެ. އަދި މެމްބަރުންގެ މޭޒުގައި ހުރި މައިކްތައްވެސް ވަނީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ އުފުރާލާފަ އެވެ. 

މެންދުރު ބާއްވަަން މަސައްކަތް ކުރި ޖަލްސާ ކުރިޔަށް ނުގެންދެވި ރޭނގަޑަށް ޖަލްސާ ބަދަލުކުރިއެވެ. އެހެންނަމެވެސް އެ ޖަލްސާ ފަށަންވެސް ސަރުކާރު މެމްބަރުން ދިޔައީ ހުރަސް އަޅަމުންނެވެ. ރިޔާސަތުގައި އިން މައިކް އުފުރާލާ ހެދުމުން ޖަލްސާ ފެށީވެސް ރިޔާސަތުން އެހެން މޭޒެއްގައި އިންނަވައިގެންނެވެ. އެންމެފަހުން ޖަލްސާ ކުރިޔަށް ނުގެންދެވިގެން ނިންމާލިކަން ރިޔާސަތުން އިއުލާންކުރީ 10:57 ގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް