ads
2016ގައި ވެމްކޯ 103 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަންއެއް
ރައީސް ޔާމީނުގެ އެޑްމިނިސްޓްރޭޝަނުގައި، 2016 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން (ވެމްކޯ) 103 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީސް ބުނެފި އެވެ.
Advertisement

ވެމްކޯގެ ޕްރޮކިއުމަންޓާއި ގުޅިގެން އޮޑިޓް އޮފީހުން ކުރި އޮޑިޓަށް ފަހު ނެރުނު ހާއްސަ ރިޕޯޓުގައިވާ ގޮތުން އާންމު ބީލަމުގެ އުސޫލުން ބޭރުން އެންމެ ފަރާތަކުން އަގު ހޯދާއިގެން  43.69 މިލިއަން ރުފިޔާގެ ވެހިކަލްތަކެއް 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު ވެމްކޯއިން ގަނެފައިވާކަމަށާއި މިކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކާއި މަސައްކަތް ހަވާލުކުރުމުގެ ފުރުސަތެއް ލިބިގެން ގޮސްފައިނުވާކަމަށެވެ.

ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުން މީގެ އިތުރުން ކުނި އުފުލުމަށް 10 ޑަމްޕް ޓްރަކް ގަތުމުގެ މަސައްކަތް 16 ނޮވެމްބަރު 2016 ވަނަ ދުވަހު ވެމްކޯއިން އަމިއްލަ ފަރާތަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވެ އެވެ. 

"ވެމްކޯގެ އޮޕަރޭޝަން، ކަލެކްޝަން ސާވިސް ޑިޕާޓްމަންޓުން ރިކުއެސްޓު ކޮށްފައިވާ ވަކި ވައްތަރެއްގެ އަދި ބްރޭންޑެެއްގެ ވެހިކަލްތަކެއްގެ ބަދަލުގައި މޮޑިފައިކޮށްފައިވާ ވެހިކަލްތަކެއް ހޯދުމަށް ފަހު އެ ވެހިކަލްތައް އުފެއްދި ގައުމާއި ބްރޭންޑް ވަނީ އޮޅުވާލާފައި،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެެވެ. 

ވެމްކޯއިން ގަނެފައިވާ 10 ޑަމްޕް ޓްރަކް ސަޕްލައި މަސައްކަތާއި ހަވާލުވި ފަރާތާއި ވެމްކޯއާ ދެމެދު ވެފައިވާ އަގަކީ 6.8 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ އަގުގެ ބޭރުން ޖީއެސްޓީ ފައިސާގެ ގޮތުގައި 407،642 ރުފިޔާ ޖީއެސްޓީ ފައިސާގެ ގޮތުގައި ދައްކާފައިވާކަމަށާއި ނަމަވެސް އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާފައިނުވާކަމަށް ފާހަގަ ކުރެވޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

އެ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ވެމްކޯއަށް ތިން ކޮޅުވެއްޓި ސަޕްލައިކުރުމަށް ހަވާލު ކުރި ކުންފުންޏާ އެކު ވެފައިވާ އެއްބަސް ވުމުގައި ވާ ގޮތުން އެ ކޮޅު ވެއްޓީގައި އަޅަން ޖެހޭނީ ޔަންމާ ބްރޭންޑުގެ އިންޖީނު ކަމަށް ވިޔަސް އެ އެއްބަސްވުމުގެ އަގަށް ބަދަލެއް ނުގެނެސް އެ ކޮޅުވެއްޓީގައި ކަމިންސް ބްރޭންޑުގެ އިންޖީނު އެޅުވުމަށް ވަނީ ހުއްދަދީފަ އެވެ. 

އެ ކޮލުވެއްޓި ސަޕްލައި ކުރި ފަރާތުން އިންޖީނުތަކުގެ ބްރޭންޑު ބަދަލު ކުރުމަށް ހުށަހެޅިއިރު އެ ފަރާތުން ދިނުމަށް ހުށަހަޅާފައިވާ 10000 ޑޮލަރުގެ ޑިސްކައުންޓު، އެއްބަސްވުން އިސްލާހު ކުރިއިރު އެ އެއްބަސްވުމުގައި ހިމަނާފައި ނުވޭ. މީގެ އިތުރުން އެ ކުންފުންޏަށް ފައިސާ ދެއްކި އިރު މި ފައިސާ ކަނޑާފައި ވެސް ނުވާކަމަށް ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން 2016 އެއްމަސް ދުވަހުގެ ދުވަހުގެ މަުއްދަތަކަށް ތިން ކޮޅުވެއްޓި ވެމްކޯގެ ބޭނުމަށް ކުއްޔަށް ހިފިއިރު ތިން ކޮޅުވެއްޓީގެ ތެރެއިން ދެ ކޮޅުވެއްޓީގެ ކުއްޔަށް ހިފި މުއްދަތަށް ވުރެން 20 މަސް ދުވަސް އިތުރަށް ކުއްޔަށް ހިފައިގެން ބޭނުން ކޮށްފައިވާކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުލީގެ ރޭޓް ރިވައިސް ކޮށްފައި ނުވާކަމަށް ވެސް އެ ރިޕޯޓުން ފާހަގަ ކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާގޮތުގައި އެއް މަސް ދުވަހަށް ކުއްޔަށް ހިފި ތިން ކޮޅުވެއްޓީގެ ކުއްޔަކީ 2.85 މިލިއަން ރުފިޔާކަމުގައި ވީ ނަމަވެސް ކުލީގެގޮތުގައި 57.5 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އެއީ 20 މަސް ދުވަހުގެ ކުއްޔެވެ.

މީގެ އިތުރުން އެކި ފަރާތަކުން ރާވައިގެން ހިންގާ ހަރާކާތްތަކަށް ސްޕޮންސާގެ ގޮތުގައި ފައިސާ ދޫކުރާ އުސޫލެއް ނެތި ވެމްކޯއިން ހަތަރު ފަހަރެއްގެ މަތިން ޖުމްލަ 850000 ރުފިޔާ ތިން ޖަމައިއްޔާައަކަށް ސްޕޮންސާ ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ދޫކޮށްފައިވަނީ ސްޕޮންސާގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ އުސޫލެއް ނެތި އެއްވެސް ފަރާތަކަށް ފައިސާ ދޫނުކުރުމަށް 13 ޖުލައި 2017 ގައި ބޭއްވި ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ނިންމުމާއި ހިލާފަކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް