އެމްޑީޕީ ޕީޖީ ގްރޫޕުން ބުނީ މެމްބަރުންގެ ވިސްނުން ހުރީ އިއްޔެ މަޖިލިސް ސަރަހައްދުގައި ހިގާދިޔަ ކަންކަމުގެ ޒިންމާ ދިފާއީ ހިދުމަތްތަކުން ނަގަން ޖެހޭ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް އެންމެ ފުރަތަމަ ޖަލްސާއެއް ތާވަލުކުރީ އިއްޔެ ހެނދުނަށެވެ. ނަމަވެސް, އެމްޑީޕީގެ ޕީޖީން އެކަމުގައި ވިޕެއް ނެރުމާ އެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާއަށް ހުރަސް އަޅައި ވޯޓު ހުއްޓުވާފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް ރުހުން ނުދޭން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވާލުމަށެވެ.