މަޖިލީހުގެ ދައުރުން ބޭރު ދެވަނަ ޖަލްސާ ބާއްވަން ފުރަތަމަ އެޖެންޑާކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް ފަހުން ޖަލްސާ މެންދުރުފަހު 1:00 އަށް މަޖިލިސް އިދާރާއިން ފަސްކުރީ އެވެ.
މަޖިލީހުގައި މިއަދަށް އެޖެންޑާކުރި ޖަލްސާ ފަސްކުރިއިރު ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެވެސް ދައުރުން ބޭރު ޖަލްސާއެއް ބޭއްވި އެވެ.
އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ދިފާއުގައި އެމަނިކުފާނުގެ މޭޒު ހުންނަ ސަރަހައްދުގައި ތިއްބެވިއިރު އިދިކޮޅު މެމްބަރުން ދުންމާރި ފުމެން ތިއްބެވީ އިދާރީ މޭޒުތަކުގެ ކުރިމަތީގަ އެވެ.
އިއްޔެ މެންދުރު 1:30 ގައި ވޯޓަށް އަހަން ތާވަލު ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި މައިކުތައް ފޮރުވާ އަދި ދުންމާރި ބޭނުން ކޮށްގެން އަޑުގަދަކޮށް ސަރުކާރު މެމްބަރުން ވޯޓަށް ހުރަސް އެޅި އެވެ.