ads
ޑިފެންސް މިނިސްޓަރު ގައްސާނަށް ރުހުން ދީފި
ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނަށް ރުހުން ދިނުމަށް ފާސްކޮށްފި އެވެ.

އެމްޑީޕީން އިއްޔެ ނިންމާފައިވަނީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާ އިއްޔެ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ.

މިއަދު އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ ޖަލްސާއަށް ސަރުކާރު މެންބަރުން ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ނުދިނުމަށެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ރުހުން ދިނުމަށް ފެންނަ ކަމަށް 71 ވޯޓު ދެއްވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ރުހުން ނުދޭން ނިންމީ ތިން ބޭފުޅަކަށެވެ. އެއީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނާ ގޮތުން މިނިސްޓަރުން އައްޔަން ކުރުމަށް ފަހު އެ ބޭފުޅުންނަށް ރުހުން ހޯދަން ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތް އިރު އެ ޕާޓީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް