ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ދީފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ދޭން މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފެންނަ ކަމަށް 37 ވޯޓު؛ ނުފެންނަ ކަމަށް 32 ވޯޓު ލިބުނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އޮތީ ވިޕްލައިން އަޅައިފަ އެވެ. އެހެން ނަމަވެސް ސައީދަށް ރުހުންދޭން މިއަދުގެ ޖަލްސާއިން ފާސްކުރި އިރު އެމްޑީޕީގެ ތިން މެމްބަރަކު ވޯޓު ދެއްވީ ރުހުން ދިނުމާ އެއްކޮޅަށެވެ. 

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ރުހުން ނުދޭން ނިންމީ ތިން ބޭފުޅަކަށެވެ. އެއީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

އެހެން ނަމަވެސް އެމްޑީޕީގެ މަސްދަރުތަކުން އިއްޔެ މައުލޫމާތު ދީފައިވާ ގޮތުގައި އެ ތިން ބޭފުޅުންގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ސައީދަށް ވެސް ރުހުން ނުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ނިންމި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަން އެމްޑީޕީން އިއްޔެ ހާމަކުރުމާ އެކު، ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ މެންބަރުންތަކެއް ވަނީ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް