ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ޕޯޓްފޯލިއޯތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިން އިރު، ކުޅިވަރު ވަޒީރަށް ރުހުން ލިބިވަޑައިގަތީ 70 މެންބަރުންގެ ވޯޓާއެކުއެވެ. އެއީ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ވޯޓު ވެސް ހިމެނޭ ގޮތުންނެވެ.
ސްޕޯޓްސް މިނިސްޓަރުކަމަށް އައްޔަން ކުރުމާ ހަމައަށް ރާއްޕެ ހުންނެވީ ކުޅިވަރުގެ ގައުމީ މަޖިލިސް ނުވަތަ ސްޕޯޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގަ އެވެ. މިނިސްޓަރުކަމުގެ މަގާމް މިއީ، ވޯލްޑް އެކްއާޓިކްގެ މެޑިކަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ރާފިއު، ސިޔާސީ މަގާމަކާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ހޯދި އެންމެ ބޮޑެތި ކާމިޔާބުތަކުގައި އެތުލީޓުންގެ ފަހަތުގައި ހުންނަވައިގެން ރާފިއު ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ.