ads
ރުހުން ނުދިނީ ހިންގާލިލެއް ބޮޑުކަމުން: ޝުޖާއު
ރައްޔިތުންގެ މަޖިލިހުން މިއަދު ތިން ވަޒީރަކަށް ރުހުން ނުދިނީ އެ ވަޒީރުންގެ ހިންގުންތެރިކަން ބޮޑުކަމުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލިހުގައި ނެގި ވޯޓުން ރުހުން ނުލިބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމަށެވެ.

އެކަމާ ގުޅިގެން ޝުޖާއު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވަޒީރުންނަށް ރުހުން ނުދިނީ ހިންގުންތެރިކަން ނެތިގެން ނޫން ކަމަށެވެ. އަދި އެކަން ކުރީ އެ ބޭފުޅުން މަސައްކަތްތައް ހިންގިލެއް ގިނަ ކަމުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"ރުހުން ނުދިނީ ހިންގުންތެރިކަން ނެތިގެނެއް ނޫން، ހިންގާލިލެއް ބޮޑު ކަމުން." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައީީީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލިހަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ވަޒީރުންގެ މަޖިލިހެއް ކަމަށެވެ.

މިގެއިތުރުން ޝުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މައްސަލައަކަށް ވީ ރައްޔިތުންގެ ހެވާ ލާބައަށްޓަކައ ރައީސް އާއި ވަޒީރުން ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ސަރުކާރު ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދެން މިއަދު ނިންމީ ޒާތީ މައްސަލައެއްގެ ސަބަބުން ކަމަށް ސަރުކާރަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް