ads
ރުހުން ނުލިބުނު ޝަހީމަށް އަމީރުގެ ވަރުގަދަ ރައްދެއް
މަޖިލީހުން ރުހުން ނުލިބުމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަމާޒުކުރެއްވި ފާޑުކިޔުންތަކަށް އިބްރާހިމް އަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާއިން ނިންމީ ޑރ،. ޝަހީމަށް ރުހުން ނުދިނުމަށެވެ. އެއާއިއެކު ޝަހީމްވަނީ އެމަނިކުފާނުގެ ހިތުގައި އޮތް ނުތަނަވަސްކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަމާޒުކުރައްވާފައެވެ.

ރުހުން ނުދޭން ފާސްކުރިތާ އިރުކޮޅެއްގެ ތެރޭގައި ރައީސް ސާލިހުގެ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓްގައި ޑރ. ޝަހީމް ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހުވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސާލިހު ނޫނީ ރާއްޖެ ދެކެފައި ނުވާކަމަށެވެ. 

މި ވަހާކަތަކަށް ރައްދުދެއްވާ މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ ޑރ ، ޝަހީމް ކުރިން ދެއްކެވި ވާހަކަތަކެއް ހަނދާކޮށްދެއްވާ ނުރުހުމުގެ ބަސްތަކެއް އޭނާއަށް އަމާޒުކުރައްވާފައެވެ. 

އަމީރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން ޑރ. ޝަހީމާއި ބައްދަލުވިކަމަށެވެ. ރައީސް ސާލިހަކީ ހެޔޮލަފާވެރިއެއްކަމަށާއި، ދުވަހަކުވެސް އެމަނިކުފާނާއި ދެކޮޅުނުވާނެކަމަށް އެދުވަހު ޑރ. ޝަހީމް ވިދާޅުވިކަން އަމީރު ވަނީ ހަނދާކޮށްދެއްވާފައެވެ. 

ބަހުގެ ހަމަލާއެއް ދެއްވަމުން އަމީރު ވިދާޅުވީ ޑރ. ޝަހީމާ ނުލާވެސް ރާއްޖެގެ އިސްލާމީ ވަހުދަތު ދާނީ ވަރުގަދަވަމުންކަމަށެވެ. 

" މަނިކުފާނާއި ނުލާވެސް އިންޝާ ٱللَّٰهُ ރާއްޖެގެ އިސްލާމީ ވަހުދަތުދާނީ ވަރުގަދަވަމުން." ޑރ. ޝަހީމަށް ޖަވާބު ދެއްވާ އަމީރު ލިޔުއްވި ލިޔުއްވުމުގައި ވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ނެގިވޯޓްގައި ޑރ. ޝަހީމަށް ރުހުން ދޭން ނުފެންނަކަމަށް 31 މެމްބަރަކު ވަނީ ވޯޓް ދީފައެވެ. ރުހުން ދޭން ފެންނަކަމަށް ވޯޓް ދެއްވީ 30 މެމްބަރުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ 8 މެމްބަރުން ތިއްބެވިއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް