ads
ށ.ޅައިމަގު ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ހިލައިގެ ފަހު ސިޕްމަންޓް ލިބިއްޖެ:އެމްޓީސީސީ
ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ އަދި ޖިއޯބޭގް ގެ އެންމެ ފަހުގެ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީއިން (އެމްޓީސީސީ) ބުނެފި އެވެ.

އެމްޓީސީސީގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ 78 އިންސައްތަ ފުރިހަމަކުރެވިފަވާކަމަށެވެ.

ސައިޓުގައި މިހާރު ކުރިއަށްދަނީ ޖިއޯބޭގްއަށް ވެލިފުރުމުގެ މަސައްކަތްކކަމަށް އެމްޓީސީސީގެ ޕޯސްޓުގައިވެއެވެ. 

މި މަސްރޫއުގެ ދަށުން 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުން  ހިމެނޭކަމަށާއި 14,412 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ހާބަރު ބޭސިން ފުންކުރުންވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. 

މީގެ އިތުރުން 6,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުންވެސް ހިމެނޭކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެ އެވެ. 

414 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 2,291 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން އެ ޕޯސްޓުގައި ބުނެފައިވެ އެވެ. 

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 60.7 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް