ads
ޕްލާސްޓިކުން ތަޣައްޔަރުވެފައިވުމުން ޓޮބްލެރޯން ޗޮކްލެޓު ނުވިއްކަން އަންގައިފި
ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ޗޮކްލެޓު ރާއްޖެ އެތެރެކޮށްފައިވާތީ އެ ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޕްލާސްޓިކްގެ މާއްދާ ވަރަށް ބޮޑަށް ހިމެނޭ ޓޮބްލެރޯން މިލްކުގެ ދެ ވައްތަރެއްގެ ޗޮކްލެޓު އެތެރެވެފައިވާ ކަމަށް، ޔޫރަޕްގެ ރެޕިޑް އެންޑް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް އިން އަންގާފައިވާ ކަމަށެވެ.

މިއީ އެ ޗޮކްލެޓު އުފައްދާ މެޝިނައް ދިމާވި މައްސަލައަކާއި ގުޅިގެން ދިމާވިކަމެއްކަމަށް އެމްއެފްޑީއޭއިން ބުނެ އެެވެ. 

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓު އެތެރެނުކުރުމަށާއި ނުވިއްކަން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ތަގައްޔަރު ވެފައިވާ މި ޗޮކްލެޓު ކެއުމުގެ ސަބަބުން ޕްލާސްޓިކް ކޮޅު ކަރުގައި ދާށިވެ ނުވަތަ ދަތްތަކަށް ގެއްލުން ލިބުންވެސް އެކަށީގެންވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފިއެވެ.

މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އަދި އެލްމަންޑް މުއްދަތު ހަމަވާނީ 1 ސެޕްޓެމްބަރު 2024 ގަ އެވެ. ޓޮބްލެރޯން މިލްކް ޗޮކްލެޓު އުފެއްދީ 1 ސެޕްޓެމްބަރު 2023 ގަ އެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދެއްވުމަށް 3014361 ނުވަތަ 7603204 އަށް ގުޅުއްވުމަށް އެ އޮތޯރިޓީންއިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް