ads
ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުން
ދިވެހި ކުޅިވަރު އާ އުސްމިންތަކަކަށް ގެންދަން ޗައިނާއިން އެހީވާނެ
ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަކަށް ގެނެސްދިނުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވޮން ލީ ޝިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަކަށް ގެނެސްދިނުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ޓޭބަލް ޓެނިސް ކުޅޭ ސާމާނު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާ ކުރި ކުޅިވަރު ސާމާނާ ހަވާލުވެވަޑައިގެންނެވީ ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒް އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ޗައިނާގެ ސަފީރު ވަން ލީ ޝިން ވިދާޅުވި ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާއިއެކު ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަކަށް ގެނެސްދިނުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެކަމަށެވެ.  

ޗައިނާ ސަރުކާރުން މިއަދު ހަދިޔާ ކުރި ޓީޓީ ސާމާނުތަކުގެ ތެރޭގައި ހިމެނެނީ 10 ޓީޓީ މޭޒާއި، 600 ރެކެޓާއި، 3000 ބޯޅައިގެ އިތުރުން ސްކޯ ބޯޑުތަކާއި ޓައިމްއައުޓް ސައިން ތަކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް