ads
ތިން ވަޒީރުން އަލުން އައްޔަންކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ކަމަށް މިއަދު ނިންމި ތިން ވަޒީރުން އަލުން ވަޒީރުކަމުގެ މަގާމަށް އައްޔަންކޮށްފި އެވެ.

އާ ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނެތް ކަމަށް މިއަދު ނިންމީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނާއިބު އަހްމަދު އުޝާމް ގެއެވެ.

ކެބިނެޓްގެ މި ތިން މެންބަރުންނަށް މަޖިލީހުން ރުހުން ނުދޭން ނިންމުމާއެކު، އަލުން އެ ތިން ބޭފުޅުން ހަމަ އެ މަގާމްތަކަށް ސަރުކާރުންވަނީ އައްޔަންކޮށްފަ އެވެ. މި ތިން ބޭފުޅުންނަށް އެ ބޭފުޅުން ކުރިންވެސް ތިއްބެވި މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަރުއްވާފައި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާހެން 22 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެެއިން 19 ބޭފުޅަކަށް ވަނީ މަޖިލީހުން މިއަދު ރުހުން ދެއްވާފަ އެވެ. އަދި 3 ބޭފުޅުންނަށް ރުހުންދޭން ނުފެންނަކަމަށް މަޖިލީހުން ވަނީ ނިންމާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް