ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކްލަބް އަތުން މިއަދު ނިއުރޭޑިއަންޓް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މި މެޗަށް ނުކުތްއިރު ވެސް ނިއު އާއި ޓެންޓަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ. އެކަމަކު، މި މެޗު މުހިންމުވެފައި އޮތީ، ގްރޫޕް ބީގެ އެއް ވަނަ ކަނޑައެޅުމަށެެވެ.
ނިއު، އެ ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ޓެންޓް، ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކުއާޓާ އަށް ދިޔައީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ނިއު އާއި ޓެންޓްގެ އިތުރުން ޖާގަ ޔަގީންކޮށްފައިވަނީ މަސް އޮޑި ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ކުޑަހެންވޭރު ޔުނައިޓެޑް އެވެ.