އެންޑީއޭއިން ބުނީ މި ސެންޓަރުތައް ގާއިމްކުރަން ނިންމާފައިވަނީ ކ. ކާށިދޫ އާއި ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
އެންޑީއޭއިން ބުނީ ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް ގާއިމުކޮށް ހިންގުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
ލ. އަތޮޅުގައި ގާއިމްކުރާ ސެންޓަރު ހިންގާނޭ ރަށެއް ކަނޑައެޅުމަށް އެ އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދަނެގަތުމަށް، އެންޑީއޭއިން ވަނީ ލ. އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށް ކައުންސިލްތަކާއި ބައްދަލުކޮށްފައެވެ.
އެ ރިހެބިލިޓޭޝަން ސެންޓަރު ހިންގާނެ ރަށެއް ނިންމާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުަމަށް ފަޖު ކަމަށް އެންޑީއޭއިން ބުނެއެވެ.