ads
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު މާދަމާ ހަމަވާނެ
ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މާދަމައަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ ޓެސްލާ ލިބޭ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

މިއީ ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. އަދި ދިރާގު ވެބްސައިޓުގައި ހިމެނޭ "ވިން އަ ޓެސްލާ" ލިންކުން އެންރޯލް ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ އިނާމު ޓެސްލާ ކާރު މިމަހުހެ 21 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދޭން ގެނައި ޓެސްލާ މޮޑެލް 3ގެ ހުދު ކުލައިގެ ކާރު ރާއްޖެ ގެނެސް އެ ދުވަދު ވަނީ ދިރާގު ހެޑް އޮފީހަށް ގެންގޮސްފަ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ ޖޫން މަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް