ads
ޗައިނާގެ ހިލޭ އެހީގައި 5 ރަށެއްގައި ފެން ޕްލާންޓް ގާއިމުކޮށްފި
ޗައިނާގެ ހިލޭ އެހީގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފައްދާ ޕްލާންޓު 5 ރަށެއްގައި ގާއިމްކޮށްފި އެވެ.

މި ޕްލާންޓުތަކުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކޮށް ވަނީ މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި ޕްލާންޓުތަކާއި ދިވެހި ސަރުކާރުގެ ފަރާތުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހަވާލުވެވަޑައިގެންފައި ވާއިރު ދިވެހި ސަރުކާރާ ފެންޕްލާންޓުތައް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮންގް ލިިޖިން އެވެ. 

މި ފެން ޕްލާންޓުތައް ގާއިމްކޮށްފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ އަދި ކ. ކާށިދޫގައި އެވެ. 

މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ކުރީން ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ކާށިދޫ ފިޔަވައި އަނެއް ހަތަރު ރަށުގައި ދުވާލަކު 200 ޓަނުގެ ފެން އުފެއްދާ ޕްލާންޓްތަކެއް ގާއިމްކޮށްފައިވާއިރު އެ ޕްލާންޓުތަކުގައި 200 ކިލޯވޮޓްގެ ސޯލާޕެނަލް ވަނީ ހަރުކޮށްފަ އެވެ.

ކާށިދޫގައި ގާއިމްކުރި ދުވާލަކު 200 ޓަނު ފެން އުފެއްދޭ ޕްލާންޓުގައި 100 ކިލޯވޮޓްގެ ވިންޑް ޓާބައިން އަދި 100 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް