ads
ވިކްޓްރީގެ ބައެއް ކުޅުންތެރިން
އިދިކޮޅު ޓީމު ނައުމުން ވިކްޓްރީއަށް މެޗު ލިބިއްޖެ
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ބިސް ބުރު ސްޕޯޓްސް ކުލަބު ހާޒިރުނުވުމުން، ވިކްޓަރީ ސްޕޯޓްސް ކުލަބަށް މެޗު ލިބިއްޖެއެވެ.

ދެވަނަ ޑިވިޝަނުގައި ކުޅޭނެ ދެ ޓީމު ހަމަ ނުވެގެން މިއަދު މެޗު ކެންސަލްވީއިރު، މި މުބާރާތުގައި މީގެ ކުރިންވެސް މިހެންވެގެން މެޗެއް ކެންސަލްކޮށްފައިވެއެވެ. އަދި ހާޒިރު ނުވި ޓީމަށް ފިޔަވަޅު އަޅާފައިވެއެވެ.

މިއަދުގެ މެޗަށް ވިކްޓަރީ ހާޒިރުވި ނަމަވެސް، ބިސް ބުރަށް މެޗު ފަށަން އޮތް ގަޑިއަށް ޓީމު ހަމަކުރެވިފައެއް ނުވެއެވެ. އެ ޓީމުން ދަނޑަށް ހާޒިރުވީ 10 ކުޅުންތެރިން ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މެޗު ކޮމިޝަނަރު ވަނީ ބިސް ބުރު ދަނޑަށް ހާޒިރުނުވާ ކަމަށް ނިންމައި، މި މެޗުން ވިކްޓަރީ މޮޅުވީ ކަމަށް ނިންމާފައެވެ. އެހެންކަމުން އެ ޓީމަށް ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑު ވަނީ ލިބިފައެވެ.

މިއަދު ކުޅެން އޮތް މެޗަށް ބިސް ބުރު ހާޒިރުނުވުމުން ވިކްޓަރީއަށް މެޗު ލިބުނުއިރު، އެ ޓީމަށް ވަނީ ގުރޫޕު ސީގެ އެއްވަނަ ކަށަވަރުވެފައެވެ. ވިކްޓަރީއަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ލެގޫންސް ސްޕޯޓްސް ކުލަބާއި ތިންވަނައިގައި އޮތް ކުލަބު ޕީކޭއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް