ads
ރުހުން ނުދިން ވަޒީރުންގެ ނަންތައް މަޖިލީހަށް އަނބުރާ ނުފޮނުވޭނެ: ޑިމޮކްރެޓްސް
އިއްޔެ ރުހުން މަޖިލީހުން ރުހުން ނުދިން ވަޒީރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވޭނެކަަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

މިހެން ދަ ޑިމޮކްރެޓުން ބުނީ އިއްޔެ 3 ވަޒީރަކަށް މަޖިލީހުން ރުހުން ނުދިނުމުން އަނެއްކާ ރައީސް ޑރ.މުއިއްޒު އެ ތިން ވަޒީރުން އަނބުރާ ވުޒާރާތަކަށް އައްޔަނު ކުރެއްވުމުން އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައި އެވެ. 

އެ ޕާޓީން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުންކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެކަމުގަ އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައި ނުގަންނަކަމަށާއި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައި މީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވާކަމަށެވެ. 

"އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ." ދަ ޑިމޮކްރެޓްސްގެ ނޫސް ބަޔާނުގައި ވެއެވެ.

 

އާ ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނެތް ކަމަށް ނިންމީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނާއިބު އަހްމަދު އުޝާމް ގެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާހެން 22 ބޭފުޅުން ތިއްބަވަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް