ads
އެލައިޑުން ދެ އިނީޝިއޭޓިވްއެއްގައި ބައިވެރިވެއްޖެ
އެލައިޑް އިންޝުއަރެންސުން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ކޯޕަރޭޓް ހިއުމެނިޓީ އިނީޝިއޭޓިވް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ "ރައްކާ" ޕްރޮގުރާމު ގައި ބައިވެރިވެއްޖެ އެވެ.

އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ އިނީޝިއޭޓިވްގައި ބައިވެރިވެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވެއިޒެވެ. އަދި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖައްމިއްޔާގެ ސެކެޓްރީ ޖެނެރަލް ފާތުމަތު ހިމްޔާ އެވެ.

މިއީ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން އެކި ރަށްރަށަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ރެޑްކްރެސެންޓުން ކުންފުނިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ އިނިޝީއޭޓިވްއެކެވެ. މި އިނީޝިއޭޓިވްގެ ދަށުން އެލައިޑަށް ރަށްރަށަށް ބޭނުންވާ ސޯޝަލް ކެއާ އާއި ދުޅަހެޔޮކަމާ ގުޅޭ ޕްރޮގުރާމްތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވޭނެ އެވެ.

މީގެ އިތުރުން އެެ ކުންފުނިން ވަނީ މިއަދު ސީއެސްއާރު ޕްރޮގުރާމް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން  މޯލްޑިވްސް ޕޮލިސް ސާވިސްގެ "ރައްކާ" ޕްރޮގުރާމާ ވެސް ގުޅިފަ އެވެ. އެލައިޑުން އަންނަނީ ކޮންމެ އަހަރަކު ވެސް މި ޕްރޮގުރާމު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު  އެލައިޑުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވޭޒް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން "ރައްކާ"އަށް އެހީތެރިކަން ފޯރުކޮށްދެނީ އެ ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އެހީތެރިވުމަށް ކަމަށާއި މިއީ މުހިންމު އަދި ބޭނުންތެރި ޕްރޮގުރާމެއްގެ ގޮތުގައި ފާހަގަކުރެއްވިފައިވާކަމަށެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މި ޕްރޮގުރާމު ފެށީއްސުރެ އެލައިޑުން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްލަން ޖެހޭކަމަށާއި "ރައްކާ" ޕްރޮގުރާމަށް މި އަހަރު 10 އަހަރު ފުރި، އެ ޕްރޮގުރާމުގެ 100 ވަނަ ހަރަކާތް މި އަހަރަށް ތާވަލްކޮށްފައި ވުމުން މި އަހަރަކީ މި ޕްރޮގުރާމުގެ ހާއްސަ އަހަރެއްކަމަށެވެ. އަދި މި އަހަރުގެ އެކި މަސްމަހަށް ބަހާލައިގެން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގުރާމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ފަސީހު ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް