ads
ވަޒީރުންނަށް ރުހުންދޭން އިއްޔެ ބޭއްވި ޖަލްސާއަށް ގާސިމް ވަޑައިނުގަނޭ.!
ރައީސް ޑރ. މުހަންމަދު މުއިއްޒު އައްޔަން ކޮށްފައިވާ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
Advertisement

ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވާފައިވާ ވެރިއަކު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯދަން ނުދިއުމަށް ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުތައް ބައްޓަން ވެފައި ހުރީ ވަޒީރުންނަށް ރުހުން ދިނުމަށެވެ. ރުހުން ނުދޭން އިދިކޮޅުން ކުރާ މަސައްކަތް އެމަނިކުފާނު ސިފަކުރައްވަނީ ރައްޔިތުންގެ ނިންމުންތަކުގައި ކޮޅުފައިން އެރުން ކަމުގައެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމާއި ގައުމު ހަލާކު ކުރުމަށް ތިޔަބޭފުޅުން ކުރައްވާ މަސައްކަތް. ތިޔަބޭފުޅުންގެ އަމިއްލަ އެދުން ނެރުއްވައިގެން ކުރައްވާ މަސައްކަތް ކަން ޔަގީން." 
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހާޒިރީގެ އެންމެ ފުލުގައި ހިމެނޭ އެއް މެންބަރު ގާސިމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ތާވަލު ކުރި ފުރަތަމަ ޖަލްސާގައި ހާޒިރުވެވަޑައިގެންނެވި ނަމަވެސް އެކެއް ޖެހިއިރު ކުރިއަށް ގެންދިޔަ ޖަލްސާއަށް އެމަނިކުފާނު ހާޒިރުވެވަޑައިނުގަންނަވަ އެވެ.

ގާސިމް ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސިފަކޮށް އިއްޔެ ތާވަލު ކުރި ފުރަތަމަ ޖަލްސާގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދޭންޖެހޭ ކަމަށާއި ނުދީފިނަމަ އޭގެ މާނައަކީ ރައްޔިތުން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށެވެ. 

ވީއިރު މިހުރިހާ ކަމަކުން ދޭހަވެ ހާމަވެގެންދަނީ އެމަނިކުފާނު ވަޒީރުންނަށް ރުހުންދޭން ބޭނުންފުޅުވާ މިންވަރެވެ. ވީއިރު އުފެދޭ ސުވާލަކީ އެމަނިކުފާނު ޖަލްސާއަށް ވަޑައިނުގަތީ ކީއްވެބާ އެވެ. އެމަނިކުފާނު ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ކުރާ މަސައްކަތް ސިފަކުރެއްވި ފަދައިން އެމަނިކުފާނުވެސް ރައްޔިތުން ނިންމި ނިންމުމުގައި ކޮޅުފައިން އެރީތޯ އެވެ.؟ މިކަމާ ގުޅިގެން ގާސިމް އަދި އެމަނިކުފާނުގެ ޕާޓީން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް