ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ނައުރޫގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ނައުރޫގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވައި ނައުރޫގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ.
އޮސްޓްރޭލިޔާގެ އަތްދަށުން ނައުރޫއަށް މިނިވަންކަން ލިބުނީ 1968 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހު އެވެ.