ads
ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ ދެކޮޅުވެރިކަމުގެ ވިސްނުން: ޖަމީލް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ފެންނިގެން ދަނީ ދެކޮޅުވެރިކަމުގެ ވިސްނުންކަމަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ޑރ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިން ދެކޮޅުވެރިކަމުގެ ވިސްނުން ފެންނަ އިރު އެންމެ ފުރަތަމަ އެކަން ދެއްކެވީ ރައީސް ޔާމީނަށްކަމަށެވެ. އެއަށްފަހު އަވައްޓެރިންނާއި މަޖލީހަށްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. 

މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ވަޒީރުންގެ މަޖލީހަށް އައްޔަންކުރުމުން ރައީސް މުއިއްޒުގެ ނިންމެވުމަށް ރައްދުދެއްވާ ޖަމީލް ވިދާޅުވީ ރުހުން ނުލިބޭ ވަޒީރުން ޗެލެންޖްކޮށްފައި އަނެއްކާ އެޕޮއިންޓް ކުރެވޭ ނިޒާމެއް ނެތްކަމަށެވެ. އަދި ރުހުން ނެތި ބޭރުކޮށްލި ވަޒީރުންނަށް ސުޕްރީމްކޯޓުން އަލުން ހުވާލާދިން ދިނުމަށްވެސް ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

"ރުހުން ނުލިބޭ ވަޒީރުން ޗެލެންޖްކޮށްފައި އަނެއްކާ އެޕޮއިންޓް ކުރެވޭ ނިޒާމެއް ނެތް. ހައިރާންވީ އޭޖީއަށް ޢައްޔަން ކުރެވުނު ބޭފުޅާވެސް މިވަރު ނުހިފެހެއްޓެވީމަ. އަދި ސްޕްރީމް ކޯޓުން ޢައިރު ދުސްތޫރީ އެޕްއިންޓްމަންޓްތަކަށް ހުވާލާދޭން ޖެހޭތޯ؟ މިކަމުން ފޫނުބެދޭ ގެއްލުން ދުސްތޫރީ ނިޒާމަށް ލިބޭނެ." ޖަމީލް އެކްސްގައި ލިޔުއްވި ޕޯސްޓްގައިވެއެވެ.

މިދިޔަ ހޯމަދުވަހު މަޖިލީހުން ވަނީ މިސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް ފާސްކޮށްފައެވެ. އެހެންނަމަވެސް ހަމަ އެދުވަހުގެ އިރުއޮއްސި 06:10 ގައި ރައީސް ޑރ. މުއިއްޒުވަނީ އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަންކުރައްވާފައެވެ. މި ވަޒީރުންނަށް ހުވާލާދެއްވީ ސުޕްރީމްކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދް އެވެ. 

ގާނޫނީ ބަހުސެއްގެ ތެރޭގައި އޮތް މިކަމުގައި ގިނަ ޤާނޫނީ ބޭފުޅުން ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ވަޒީރުން އެ މަގާމަށް އަލުން އައްޔަން ނުކުރެވޭނެކަމަށެވެ. އަދި އެމީހުންގެ ވަޒީރުކަން ގެއްލޭނެކަން 2010 ވަނަ އަހަރު ސުޕްރީމްކޯޓުން އިއްވި ހުކުމުންވެސް އެނގޭކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް