ސްޓެލްކޯއިން އިއުލާނުކޮށްފައިވާ ގޮތުން މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރަމުން ދިއުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށެެވެ.
އެ ސަރަހައްދުތަކަކީ ހެންވޭރުގެ ވައިލެޓްމަގާއި، ތަނޑިރަތްމާގޯޅި، އަބަދަށްއުފާ މަގު އަދި ދޮންހުރާގޯޅި ހިމެނޭ ސަރަހައްދު ކަމަށް އެ ކުންފުނިންބުނެ އެވެ.
މިއަދު މެންދުރު14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން އާންމުންނައް ދިމާވެވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދިފައި އެވެ.