ޝަމީމަށް ބަޔަކު މީހުން ހަމަލާދީފައިވަނީ މިއަދު ހެނދުނު ނޫރު މިސްކިތް ކައިރިންނެވެ. އެނގިގައިވާ ގޮތުގައި ޝަމީމަށް ހަމަލާދީ ސައިކަލެއްގައި ހެލިމެޓް އަަޅައިގެން އައި ބަޔެކެވެ. އެމީހުން ދިން ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. ހަމަލާގެ ސަބަބުން އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާކަމަށް އެނގިފައިވެއެވެ.
ޝަމީމަށް ދިން ހަމަލާ ކުށްވެރިކުރައްވާ ރައީސް ސާލިހް ވަނީ ޝަމީމަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ވީހާ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި މި ޖަމަލާއަކީ ސިޔާސދީ މަގުސަދެއްގައި ދިން ހަމަލާއެއްކަމަށް ސިފަކުރައްވާ ސިޔާސީ ގޮތުން ހިންގާ ޖަރީމާތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި ޖާގަ ނޯންނާނެކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަށް ޖެހިލުމެއްނެތި ގްރޫޕްތަކުން ހަމަލާ ދެނީ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުންކަމަށެވެ.
ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގައި މާރާމާރީ މަދުކޮށްފައިވަނިކޮށް ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވަނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.