ads
އެއްވަނަ ޑިވިޝަނަށް އެރުނަސް އެރޭނީ ނިއު- ވިކްޓްރީން ކުރެ އެއް ޓީމަށް
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބާރުކަމުގައިވާ ވިކްޓްރީއާއި ނިއުރޭޑިއަންޓްގެ ތެރެއިން މި އަހަރު އެއްވަނަ ޑިވިޝަނަށް އެރުނަސް އެރޭނީ ވިކްޓްރީ ނުވަތަ ނިއުރޭޑިއަންޓްގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށެވެ.

މި އަހަރުގެ ދެވަނަ ޑިވިޝަނުގައި ވިކްޓްރީއާ ނިއު ކުޅެމުން އަންނައިރު، މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމަށް އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެއެވެ. އެކަމަކު، ނަތީޖާތައް ނުކުމެފައިވާ ގޮތުން މި ދެ ޓީމުންކުރެ ފައިނަލުގެ ފުރުސަތު އޮތީ ކޮންމެވެސް އެއް ޓީމަކަށެވެ. އެއީ ނޮކްއައުޓް ބުރަށް މިހާރު ކޮލިފައިވެފައިވާ މި ދެ ޓީމު، ކުރިއަށް ހުރި މެޗުތަކުން މޮޅުވެއްޖެނަމަ ސެމީގައި ދެ ޓީމު ކުޅެން ޖެހޭނެތީއެވެ.

ވިކްޓަރީންވަނީ ދެވަނަ ޑިވިޝަނުގައި އެ ޓީމު ހިމެނޭ ގްރޫޕުން ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެއްވަނަ ޔަގީން ކޮށްފަ އެވެ. އަނެއްކޮޅުން ނިއުއިންވެސްވަނީ އެޓީމުގެ ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފަ އެވެ.

ނިއު އާއި ވިކްޓަރީ ވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ހޯދާފައި ވާއިރު، ކުއާޓާ ފައިނަލްގައި ނިއު ކުޅެން ޖެހޭނީ ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ނަތީޖާ ރަނގަޅު ޓީމަކާ ދެކޮޅަށެވެ. ވިކްޓަރީ ނުކުންނާނީ ގުރޫޕް އޭގެ ދެވަނައަށް ދިޔަ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ. ކުއާޓާގެ މެޗުތަކުން ނިއު އާއި ވިކްޓަރީ އަށް ކާމިޔާބު ލިބިއްޖެ ނަމަ ދެ ޓީމު ސެމީ ފައިނަލްގައި ވާދަ ކުރާނެ އެވެ. އަދި ސެމީ ފައިނަލާ އެކު އެއް ޓީމު އެއްވަނަ ޑިވިޝަނަށް ކޮލިފައިވާއިރު، އަނެއް ޓީމު އަނެއްކާވެސް ދެމި އޮންނާނީ ދެވަނަ ޑިވިޝަނުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް