ads
ރަންބީރުގެ އެނިމަލް އޮޓީޓީ ރިކޯޑްތައް މުގުރާލައިފި
ރަންބީރު ކަޕޫރުގެ އެކްޝަން ފިލްމު "އެނިމަލް" ބޮކްސް އޮފީހުގައި 2023 ވަނަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމުގެ ގޮތުގައި ފާހަގަކުރުމަށް ފަހު، ބޮޑު ޑިޖިޓަލް ޑީބަޓްއާއެކު އިތުރު ރެކޯޑްތަކެއް މުގުރާލައިފިއެވެ.

މި އަހަރުގެ އެންމެ އިންތިޒާރު ކުރެވުނު އެއް ފިލްމު ކަމަށްވާ މި އެނިމަލްއަަށް އާ ހަރުފަތަކަށް ދެވުނީ،   ނެޓްފްލިކްސް އިން ފުރަތަމަ ހަފްތާގައި 6.2 މިލިއަން ވިއުސް ހޯދައިގެންނެވެ.

ބޮކްސްއޮފީސް ޑޮޓްކޮމް އިން ދައްކާ ގޮތުގައި އެނިމަލް އަށް ޖުމްލަ 20.8 މިލިއަން ގަޑިއިރުގެ ވިއުއަރޝިޕް ވަނީ ލިބިފައެެވެ. މި ފާހަގަކޮށްލެވޭ ކާމިޔާބީއާއަކު އިންޑިއާގެ ފިލްމެއްގެ ފުރަތަމަ ހަފްތާގެ ވިއުވާޝިޕް ރެކޯޑް ވަނީ މުގުރާލާފައެވެ.

ރަންބީރުގެ އިތުރުން ފިލްމުގައި ރަޝްމީކާ މަންދާނާ، އަނިލް ކަޕޫރު، އަދި ބޮބީ ޑިއޯލް އަދި ގިނަ ކާސްޓުންތަކެއް ފެނިގެންދާއިރު، ކޮންމެ ކާސްޓަކު ވެސް އެމީހުންގެ ރޯލުން ފާހަގަކޮށްލެވޭ ޕާފޯމަންސްތަކެއް ދައްކާފައިވެއެވެ.

މި ފިލްމަށް ބޮކްސް އޮފީހުން 900 ކްރޯޑް ވަނީ ލިބިފައެވެ. މި ފިލްމް މިވަގުތު އޮތީ 2023 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑް ފިލްމުތަކުގެ ލިސްޓުގެ ތިން ވަނައިގަ އެވެ.

އަދި ފިލްމުގައި ޕޯސްޓްކްރެޑިޓްސް މަންޒަރެއް ވެސް ފެނިގެންދާއިރު، އެ މަންޒަރުގައި 'އެނިމަލް ޕާކް' ނަމުގައި ސީކުއެލް އެއްގެ ޓީޒާ ވަނީ ދައްކާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް