ފިޝަރީޒް މިނިސްްޓްރީން މިއަދު ބުނީ ހިދުމަތް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް ވެފަައިވާ ދެއްވަދޫ އައިސްޕްްލާާންޓްް މަރާމާތުކުރުމުގެ މަސައްކަތް މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެކްނީޝަނުންގެ ޓީމަކުން ފަށާފައިވާ ކަމަށެވެ.
އެ މަސްއްކަތް ނިންމައި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައިސް މަސްވެރިނަށް އައިސް ލިބޭނެ ގޮތް ހަދައިދޭޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވުމަށްފަހު މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ގއ. އަތޮޅަށް ޒިޔާރަތް ކުރައްވާފަ އެވެ.
އެ ދަތުރުގައި މިނިސްޓަަރު ވަނީ, އެ އަތޮޅުގެ މަސްވެރިންނަށް ދިމާވާ ދަތިތަށް ހައްލުކުރުމާއި މަސްވެރިންނަށް އަވަހަށް ފައިސާ ދެވޭނެ ގޮތްތަކާމެެދު މަސްވެރިންނާއެކު މަޝްވަރާ ކުރައްވާފަ އެވެ.